10 Oct 2012, 10:47
އަންހެން ކުދިންތަކަކަށް އުނދަގޫކޮށް ގައިގެ އެކިތަންތަނަށް ޕިން ހެރި ކަމަށް ތުހުމަތު ކުރާ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރްލެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ގ. ގްރީންލޭންޑް ހުސެއިން ޝަރީފް 31،ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭ 7:44 އެހާކަންހާއިރު އަހްމަދިއްޔާ ސްކޫލަށް ދިޔަ އަންހެން ކުދިންތަކެއްގެ ގަޔަށް ޕިން ހެރި ކަމަށް ތުހުމަތު ކުރާ މައްސަލައަކާ ގުޅިގެން އެ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.