08 Nov 2026, 23:02
އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރަން ގެންދިއުމުން ޕޯސްޕޯޓް ވީދާލި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝޭޚް އެމްޑީ މަސުމް ލަތިފް (21އ) ގެ މައްޗައް އުފުލާފައި ވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އުސޫލުތަކާ ޚިލާފަށް އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރަން ގެންދިޔުމުން ޕާސްޕޯޓު ވީދާލާފައިވާ ކަމަށާއި އޭނާ އިމިގްރޭޝަންގެ ހޯލްޑިން ސެލްގައި ބޭންދުމުން ތުހުމަތުކުރެވޭ އަމަލު ހިންގާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ހަމައެއާއެކު އޭނާ ބަންދުކުރުމަށްފަހު އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ބެލެވޭތީ އޭނާގެ އެސެސްމަންޓެއް ހަދާފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ރިޕޯޓަށް ބަލާއިރު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ތަހުގީގު ހިންގައި، ޖިނާއީ ދައުވާއެއް ކުރުމަށް ހުރަހެއް އޮތް ކަމަށް ފާހަގަނުކުރެވޭ ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.