10 Sep 2010, 19:47
އެންމެ މީހަކާ އެކު ދަތުރުކުރަމުން ދިޔަ އޮސްޓްރިޔާގެ ޔޮޓެއް ށ. މެދު ކުނބުރުދޫ ކައިރީގައި އޮންނަ ފަރަކަށް އަރާފައި ހުއްޓާ ހުކުރު ދުވަހު ސަލާމަތްކޮށްފި އެވެ.
ކޯސްޓްގާޑުން ބުނީ މެދު ކުނބުރުދޫ ކައިރީ އޮންނަ ނާއިން ފަރަށް އޮސްޓްރިޔާގެ "ޑީޕްޓީ" ޔޮޓް އުރިފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ކަމަށާއި އެ މައުލޫމާތު ލިބުމުން ކުޅުދުއްފުށީގައި ތިބޭ ސިފައިން ގޮސް ޔޮޓް ފުންކޮށް ޔޮޓްގައި ދަތުރުކުރި މީހާއަށް އެހީތެރިވެދީފައިވާ ކަމަށެވެ.
މިހާރު މި ޔޮޓް ވަނީ މިއަދު މެންދުރު ފަހު ށ. މަރޮށީ ބަނދަރަށް ގެންގޮސްފަ އެވެ.
މި ޔޮޓަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ތުރުކީން ފުރައިގެން ރާއްޖެ އައި ޔޮޓެކެވެ.