މަރާމާތަށްފަހު ހުޅުމާލޭ ލަކުނޑި ޖެޓީ އާންމުންނަށް ހުޅުވާލައިފި
މަރާމާތަށްފަހު ހުޅުމާލޭ ލަކުނޑި ޖެޓީ އާންމުންނަށް ހުޅުވާލައިފި

މަރާމާތަށްފަހު ހުޅުމާލޭ ލަކުނޑި ޖެޓީ އާންމުންނަށް ހުޅުވާލައިފިއެވެ.

ވަކި މުއްާދަތެއް ނެތް ގޮތަށް، ހުޅުމާލެ ލަކުނޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ނިމުނު މޭމަހުގެ 26 ވަނަ ދުވަހުގައެވެ.

ހުޅުމާލެ ބަލަހައްޓަ ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން އެ ޖެޓީ ބަންދުކުރީ، ބާޖެއް ގާތް ކުރަން އުޅުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވުމުންނެވެ.

މަރާމާތަށްފަހު ހުޅުމާލޭގެ ލަކުނޑި ޖެޓީ އާންމުންނަށް ހުޅުވާލައިފި --- ފޮޓޯ: އެޗްޑީސީ

އެއަށްފަހު މިއަދު އެޗްޑީސީިއިން ވަނީ މަރާމާތުގެ މަސައްކަތްތައް ނިންމާލުމަށްފަހު އާންމުންނަށް އެ ޖެޓީ ހުޅުވާލާފައެވެ.

ލަކުނޑި ޖެޓީއަކީ ހުޅުމާލެއަށްދާ އެތައް ބަޔަކު ފުރުމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި ކޮފީ ބުއިން ފަދަ ކަންކަމުގައި ލަކުނޑި ޖެޓީ މަތީ މަޑުކޮށްލާ މީހުން ވެސް މަދެއް ނޫނެވެ.