10 Sep 2010, 19:45
ލ. ގަމުގައި ދުވަސް ނުފުރައި އެއްމާބަނޑު ދެކުދިން ވިހޭ އަންހެނަކާއި ދެ ކުދިންގެ ހާލު ދެރަވެގެން މިއަދު މެންދުރު އެމްއެންޑީއެފުން މާލެ ގެނެސްފި އެވެ. އެމްއެންޑީއެފްގެ އެހީތެރިކަމުގައި މާލެ ގެނައީ ލ. މުންޑޫ ބީޗްވިލާ މަރިޔާމް ޝިނާޒާ އެވެ.
މެންދުރު ފަހު ތިނެއްޖަހާ އެހާކަންހާ އިރު ގައުމީ ދިފާއީ ބާރުގެ ހެލިކޮޕްޓަރުގައި ޝިނާޒާ މާލެ ގެނައީ ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ދުވަސް ނުފުރައި އެންމާބަނޑު ދެކުދިން ވިހެއުމަށް ފަހު ފަރުވާ ދެމުންދަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެ، އިތުރަށް ހާލަތު ގޯސްވަމުންދާތީ ހެލްތު މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އެހީތެރިކަމަށް އެދުމުންނެވެ.
މާލެ ގެނައި އެއްމާބަނޑު ދެ ކުދިނާއި އެ ކުދިންގެ މަންމައަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.