Last Updated:
1 decade 3 year ago

ޝަރީއަތުގެ އަޑުއެހުމަށް ފަހު ނަޝީދު ދޫކޮށްލައިފި

  • ދައުވާއަށް ނަޝީދު އިންކާރުކުރެއްވި
ބުލޮގު ޚުލާސާ
*** އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާ ދައުވާގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ނަަޝީދު ކޯޓަށް ހާޒިރުކޮށްފި އެވެ. ނަޝީދު ޝަރީއަތަށް ހާޒިރުކުރީ މިއަދު ހަވީރު 3:50 އެހާކަން ހާއިރު އެވެ. އެމަނިކުފާނުގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަސްޓިސް ބިލްޑިންގްގަ އެވެ. ހުޅުމާލޭ ކޯޓުން ބާއްވާ ނަޝީދުގެ ފަށާނީ ހަވީރު 4:00 ޖަހާއިރު އެވެ.
18:04

ދެން ޝަރީއަތެއް އޮންނާނީ ނޮވެމްބަރު 4 ވަނަ ދުވަހުކަންވެސް ކޯޓުން އިއުލާންކުރި.
17:59

ދައުވާ އިއްވުމާ އެކު ނަޝީދު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައި. ވިދާޅުވީ ޕީޖީ އެ ދައުވާ ކުރައްވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތަށް ހެދުމަށް ކަމަށް. އެއަށް ފަހު ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އިޖުރާއީ ނުގުތާތަކެއް ފެންމަތިކުރައްވާފައި. އެ ނުގުތާތަކަކީ؛ ހުޅުމާލޭ ކޯޓަށް މާލޭގައި ޝަރީއަތުގެ ބޭއްވޭނެތޯ، މައްސަލަ ބެލުމުގެ ކުރިން ހުޅުމާލޭ ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއްތޯ ނުވަތަ ނޫންތޯ ބެލުން، ނަޝީދު މާލޭގައި ހުންނެވި ނަމަވެސް ޗިޓު ފޮނުވީ އެއީ ގަވާއިދާ ހިލާފަށް ފޮނުވި ޗިޓްތަކެއް ކަމަށް. ނަމަވެސް އެ ނުގުތާތަށް ބަލައެއް ނުގަތް. ދައުވާ ސާބިތުކުރުމަށް ދައުލަތުން ގިނަ ހެކިތަކެއްވެސް މިއަދު ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި.

17:55

ނަޝީދާ އެކު އެމަނިކުފާނުގެ ވަކީލު، ހަސަން ލަތިފުވެސް ކޯޓުން ބޭރަށް ވަޑައިގަތް.
17:51

މިއަދުގެ އަޑުއެހުން ނިންމާލައިފި. ނަޝީދު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި. ކާރުކޮޅަށް އަރައިގެން ނަޝީދު ވަޑައިގަންނަވަނީ.
17:47

17:39

ނަޝީދުގެ ޝަރީއަތް ދަނީ އަދިވެސް ކުރިއަށް. ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން. އެއީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ. ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން.
17:15

ޝަރީއަތް އަދިވެސް ކުރިއަށްދާއިރު ޖަސްޓިސް ބިލްޑިންގްގެ ވަށައިގެންވަ ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާކުރަމުން.
16:17

ނަޝީދުގެ އަބިކަބަލުން ލައިލާ އަލީވެސް ޝަރީއަތް އަޑުއަހަން ވަދެވަޑައިގަތް. ޝަރީއަތަށް މީހުން ވެއްދުން މިހާރު ވަނީ ބަންދުކޮށްފައި.
16:11ޖަސްޓިސް ބިލްޑިންގްކައިރިން

ޖަސްޓިސް ބިލްޑިންގެ ގޭޓް ބަންދުކޮށްފި އެވެ. ފަރީދީމަގު އެފްޑީއައި ކަންމަތީގައި އެމްޑީޕީ މީހުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
16:10

އެމްޑީޕީގެ މެންބަރުން އަންނަނީ ނަޝީދުގެ ޝަރީއަތާއި ދެކޮޅަށް ޖަސްޓިސް ބިލްޑިންގް ކައިރީ މުޒާހަރާ ކުރަމުން.
16:07

ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން އާއި ހަސަން ލަތީފު ދެންމެ ޖަސްޓިސް ބިލްޑިންގަށް ވަދެވަޑައިގެންފި.