ސަލްސާ ނިގާރަންގެ ނަސީބު ވެރިން ހޮވައިފި އެވެ.


މިއަދުގެ އީދު ނަމާދަށް ފަހު ސަލްސާ ރޯޔަލްގައި އޮތް އެ ރަސްމިއްޔާތުގައި ރޯދަ މަހާ ދިމާކޮށް ސަލްސާގެ ރެސްޓޯރެންޓް ތަކުން ރޯދަވިއްލުމުގެ ކަންތައް ކުރިއަށް ގެންދާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލަކީޑްރޯގެ ތަކުގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ދީފަ އެވެ.


އެގޮތުން ތަފާތެއް ފަސް އިނާމެއް ހުށަހަޅާފައިވާއިރު ގުރުއަތުން ހޮވޭ ހަ ފަރާތަކަށް ހަ ކުންފުންޏަކުން ވަނީ އިނާމް ހުށަހަޅާފައެވެ. އެގޮތުން ދިރާގުން ހުށަހަޅަފައިވަނީ ނެޓްބުކް ވިތް ޓަޗް ނެޓް ކަނެކްޝަން ކިޓެކެވެ. ބަނޑޮސް އައިލެންޑް ރިޒޯޓުން ހަތަރު މީހަކަށް ދެދުވަހުގެ ޕެކޭޖެއް ހުށަހަޅާފައިވާއިރު މުނިހޯމްކެއާއިން ވަނީ ޑައިނިން ޓޭބަލް ސެޓެއް ހުށަހަޅާފައެވެ. އަދި ޑޮމެސްޓިކް އެއާޕޯޓް ތަކުގެ ތެރެއިން ކޮންމެވެސް އެއް ޑޮމެސްޓިކް ޑެސްޓިނޭޝަނަކަށް ދިއުމުގެ ޓިކެޓް އައިލެންޑް އޭވިއޭޝަނުން ވަނީ ހުށަހަޅާފައެވެ. އެލް މޯބައިލުން ހުށަހަޅާފައި ވަނީ ސަމްސަންގް އީ 840ގެ ފޯނެކެވެ. އަދި ބްލޫޓްރޯނިކްސްއިން ހުށަހަޅާފައިވަނީ ފިލިޕްސް ބްރޭންޑްގެ 32 އިންޗީގެ ފްލެޓް ސްކްރީން ޓީވީ އެކެވެ.


ސަލްސާގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އާމިރު ވިދާޅުވީ މިއީ މި ޕްރޮމޯޝަން ކުރިއަށް ގެންދިޔަ ހަތް ވަނަ އަހަރު ކަމަށާއި މި ފަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް އެ ފަރާތައް ލިބުނު ކަމަށެވެ.