މި އަހަރު ހައްޖު މޫސުމާ ގުޅުވައިގެން މުއާސަލާތީ ކުންފުނި ވަތަނިއްޔާގެ ކަސްޓަމަރުނަށް ސައުދީ އަރަބިއްޔާ އަށް ހެޔޮ އަގުގައި ގުޅޭނެ ޕެކޭޖެއް ވަތަނިއްޔާ އިން ތައާރަފްކޮށްފި އެވެ.

ވަތަނިއްޔާ އިން ބުނީ ކުރިން ސައުދީ އަރަބިއްޔާ އަށް ގުޅުމަށް 4.90ރ ނެގި ނަމަވެސް އަލަށް ތައާރަފުކުރި އެ ޕެކޭޖުން ސައުދީ އަރަބިއްޔާ އަށް ގުޅުމަށް ޗާޖްކުރާނީ މިނެޓަކަށް 1.89ރ. ކަމަށެވެ.

އެއީ 60 ޕަސެންޓް އަގު އަގުހެޔޮވުމެކެވެ.

އަދި ބުނީ އެޕެކޭޖުން ގުޅުމަށް ކުރިއަށް 011 ޖެހުމަށް ފަހު ސައުދީގެ ކަންޓްރީ ކޯޓް ޖެހުމަށް ފަހު ގުޅުމުން އެ ހެޔޮއަގު ލިބިގެންދާނެ ކަމަށެވެ.

ވަތަނިއްޔާ އިން ބުނީ ހައްޖުވެރިނަށް ހެޔޮއަގުގައި ގުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ތައާރަފްކުރި އެ ޕެކޭޖު މިއަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ވަތަނިއްޔާގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ރޯމިންގެ ހިދުމަތް ބޭނުންކޮށްގެން 25 ޕަސެންޓް ހެޔޮ އަގުގައި ގުޅާލެވޭނެ ކަމަށެވެ.