09 Oct 2012, 11:39
ހދ. ކުޅުދުއްފުށީގައި އިއްޔެރޭ ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެރޭ 9:15 އެހާކަންހާ އިރު ހިންގި އެ މާރާމާރީއާ ގުޅިގެން ބައެއް މީހުންގެ ބޮލަށާއި ގައިގެ އެކިތަންތަނަށް ވަނީ އަނިޔާވެފަ އެވެ.
އަދި އެ މާރާމާރީ ހިނގީ އެ ރަށު "ބަރާބަރު" ފިހާރައިގެ ހުޅަނގު ދެކުނުގައި ހުރި ހޮޅުއަށީގައި އިން މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާ ތަން ފެނުމުން އެމީހާ ސަލާމަތް ކުރުމަށް ދިޔަ ދެ މީހުންގެ ގައިގައި ވެސް ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން ބުނެ އެވެ.
ރޭގެ މާރާމާރީއާ ގުޅިގެން އުމުރުން 19 އަހަރުގެ ދެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.