ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން ކަމަށެވެ. އޭނާގެ އަމަލުތަށް ހުރި ގޮތުން އެ މީހާގެ ހަށިގަނޑު ސްކްރީން ކުރީއިރު މަސްތުވާތަކެތި އަޅާފައިވާ ދެ ބްލެޓް އޭނާގެ އެތެރެ ހަށިން ފެނިފައިވާ ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގައި 10 ގްރާމް ހުރީއިރު އެތަކެތި ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ހައްޔަރުކުރި ދިވެހި މީހާއާއި އޭނާގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ދާދިފަހުން ދިވެއްސަކު ވަނީ އިންޑިއާގެ ޓްޓްކޮރިން ބަދަރުންވެސް މަސްތުވާތަކެއްޗާއެކު އެ ގައުމުގެ ފުލުހުން އަތުލައިގަނެފަ އެވެ. މީގެ ހަތަރު ދުވަސް ކުރިންވެސް ބޮކްސާ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.