08 Oct 2012, 16:54
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ވަގުތު ނިޒާމީ މައްސަލަ ނުނެގޭ ގޮތަށް އާންމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ނިންމާފައިވާ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް ތިން އިސްލާހެއް ގެނަ އެވެ. އެއީ ރިޔާސީ ބަޔާން އިއްވާ ވަގުތު ނިޒާމީ މައްސަލަތަކަށް ފުރުސަތު ނުދިނުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގެ ހުވާކުރައްވާ ޖަލްސާގަ އާއި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާ ވަގުތު ނިޒާމީ މައްސަލަތަކަށް ފުރުސަތު ނުދިނުމުގެ އިސްލާހެ އެވެ.
އެ އިސްލާހުތައް ފާސްވީ އެކަން ދިރާސާ ކުރުމަށްފަހު އާންމު ކޮމެޓީން ފޮނުވި ރިޕޯޓަށް ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސް ކުރުމުން ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަތަރު މެންބަރެކެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ މެންބަރަކު އިންނެވި އެވެ.