23 Oct 2026, 15:19

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، 11 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މެންދުރު ފަހު 15:00އިން ފެށިގެން މިރޭ 19:00އާ ހަމައަށް މި ސަމާލު ވަނީ ނެރެފައެވެ. މިގޮތުން، ނ އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މެޓުން މި ސަމާކު ނެރެފައި ވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ
މީގެއިތުރުން، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިގަދަވާނެ ކަމަށް ބުނެ، ހުދު ސަމާލު ނެރެފައެވެ.
މިއަދު 18:00އާ ހަމައަށް މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.
މިގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދުރާއްޖެތޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަން މެޓުން ފާހަގަކުރިއެވެ.
އުތުރާއި މެދުރާއްޖެތޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ކަމަށް ވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅު ހުންނާނީ ދެ ފޫޓާ ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ.