08 Oct 2012, 16:44
ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ ބައިވެރިވާ އިންތިހާނު ކަމުގައިވާ އޯލެވެލް އިމްތިހާން އަށް ހާހަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 172 ރަށެއްގެ 240 ސެންޓަރަކުން ބައިވެރިވާ ކަމަށާއި އޯލެވެލް އިމްތިހާނުގައި ރާއްޖެ އިން މިއަހަރު ޖުމްލަ 8461 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
އޯލެވެލް އިމްތިހާނުގެ މިއަދު ފެށިފައިވާ އިރު އެންމެ ފުރަތަމަ ބާއްވާފައި ވަނީ ޓްރެވަލް އެންޑް ޓޫރިޒަމާއި އިމްތިހާނެވެ.
ރާއްޖޭގެ ސާނަވީ ގްރޭޑްތަކަށް ކިޔަވާދެމުން އަންނަ ސްލޫކްތަކުގެ އޯލެވެލް އިމްތިހާން މިއަދު ފަށާފައިވާ އިރު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ދިވެއްސާއި އިސްލާމްގެ މި ދެމާއްދާގެ އިމްތިހާން މިހާރު ވަނީ ބާއްވައިފަ އެވެ.