08 Oct 2012, 15:21
ރާއްޖެ އަށް ބަނގުރާ އެތެރެކޮށް ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެ މައްސަލާގައި 1000ރ. އިން ޖޫރިމަނާކޮށްފައި ވަނީ ސ. ހިތަދޫ، މަގޫމާގޭ އަހްމަދު ޟިޔާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ދައުލަތުން ކުރި ދައުވާ އަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައި ވާތީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ)ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ ރާއްޖެ އަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ.
އެހެންކަމުން ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ)ގެ ދަށުން އޭނާ 1000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.