Last Updated: 1 decade 3 year ago
ބުލޮގު ޚުލާސާ
***ކޯޓު އަމުރާ އެގޮތަށް ކޯޓަށް ހާޒިރުކުރަން ރައީސް މުހަންމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ގދ. ފަރެސްމާތޮޑާގައި ހުންނަވަނިނިކޮށް މިއަދު ހެނދުނު ފުލުހުންގެ ހާއްސަ ފައުޖެއް އެރަށަށް ގޮސް ރައީސް ނަޝީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ޕޮލިސް ލޯންޗަކަށް އަރުވައިފަ އެވެ. އެ ލޯންޗް މިހާރު އެރަށުން ވަނީ ފުރާފަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާބޮޑު ހަމަނުޖެހުމެއް ނެތި ރައީސް ނަޝީދުގެ ގަދަހެދުމަކާވެސް ނުލައި ކަމަށެވެ. އަދި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރު، އިލްޔާސް ލަބީބާއި އިމްތިޔަޒު ފަހުމީ އަދި ކުރީގެ ހައުސިން މިނިސްޓަރު އަސްލަމްވެސް ރައީސް ނަޝީދުގެ އަރިހުގައި ލޯންޗްގައި ތިއްބެވި ކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

ނަޝީދު ހައްޔަރުކުރުމާ ގުޅިގެން ފުލުހުން ދެންމެ ނޫސްބަޔާނެއް ނެރެފި:
ހުޅުމާލޭ ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީޢަތަށް ބަންދުގައި ބަހައްޓައިގެން މިއޮކްޓޫބަރުމަހުގެ 9 ވަނަދުވަހު ހަވީރު 16:00 ގައި ޖަސްޓިސް ބިލްޑިންގުގައި އޮންނަ ޝަރީޢަތުގެ މަޖުލީހަށް ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއަދު ހެނދުނު 09:45 ހާއިރު ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ގދ. ފަރެސްމާތޮޑާގައި ހުންނަވަނިކޮށެވެ.
ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު މާލެ ގެނައުމަށްޓަކައި ފުލުހުންގެ ލޯންޗު މިހާރު ވަނީ ފަރެސްމާތޮޑާއިން ފުރާފައެވެ.
ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާ އެކު މަޖިލިސް ހޫނުވެ ތިން މެންބަރެއްގެ ނަން އިއްވާ ޖަލްސާ މެދުކަޑާލައިފި. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު.