08 Oct 2012, 09:52
އައިޓަމްސް ފިހާރައިގެ ދެވަނަ ބުރީގެ ފާރެއް ހަލާކުކޮށްލައިގެން ފިހާރައިގެ ތެރެއަށް ވަދެ ވައްކަންކޮށްފި އެވެ.
އައިޓަމްސް ފިހާރައިގެ އިސްވެރިޔަކު ރޭ ވިދާޅުވީ އެ ފިހާރައިން ވައްކަން ކުރީ ފިހާރައިގެ ދެވަނަ ބުރީގައި އަލަށް ހުޅުވަން ތައްޔާރު ކުރާ ބައިގެ ސިޑިކޮޅިއާ ދިމާލު ފާރުން ބާގަނޑެއް ހަދައިގެން ފިހާރަ ތެރެއަށް ވަދެކަމަށެވެ. އަދި އެ ވައްކަން ކޮށްފައިވަނީ އިއްޔެ ހެނދުނު 6:00 ޖަހާއެހާކަން ހާއިރު ކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަން އޮންލައިންގެ ނޫސްވެރިން އެ ފިހާރައަށް ދިޔައިރު ފިހާރައިގެ ސިޑިގޮޅިއާ ދިމާކު ފާރު ތަޅާލައިގެން މީހަކަށް ވަދެވޭ ވަރުގެ ބޮޑު ބާގަޑެއް ވަނީ ހަދާފަ އެވެ.
ވަގަށް ނެގީ ގަހަނާތަކާއި ގްރޭންޑަރަކާއި ބުރުމާއެއްގެ އިތުރުން ސެންޓް ފުޅިތަކަކާއި ވިއްކަން ބަހައްޓާފައި ހުރި ވޮލެޓްތަކެއް ކަމަށްވެސް އެ ފިހާރައިން ވާހަކަދެއްކި މީހުންބުންޏެވެ. އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފްޓޭޖްތަކުގެ އެހީގައި ވައްކަން ކުރި މީހާ ދެނެގަނެވިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ ދެތިން މަސްުދވަސް ކުރިންވެސް ބާޒާރުމަތީގައި ހުންނަ ފިހާރަތަކުގެ ޓިނު ނަގައިގެން އެތަންތަނުން ވައްކަން ކުރުން ވަރަށް ބޮޑަށް އާންމުވި އެވެ. އެ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުވެސް ކުރި އެވެ.