ފެނާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައި، އެ ޤާނޫނު ޑްރާފްޓްކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.


ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ، ފެނާ ބެހޭ ގަވާއިދުތަކާ އަދި ގައުމީ ސިޔާސަތުގެ ދަށުން ރާއްޖެ އަށް އަލަށް ތައްޔާރުކުރާ "ވޯޓާ އެކްޓް" ނުވަތަ ފެނާ ބެހޭ ޤާނޫނު ޑްރާފްކުރުމަށް ޓަކައި ޤާނޫނީ މާހިރެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކަށް ކޮންސަލްޓޭޝަން ދިނުމުގެ އިތުރަށް އެ ޤާނޫނު ފައިނަލް ކުރުމުގައި އެހީތެރިކަން ދިނުން ވެސް އެ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އިއުލާނުގައިވެ އެވެ.


މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ.