ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ނުކުމެ މީހުންގެ މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ސ. ހިތަދޫ ނޫފަރު، މުޙައްމަދު އަމީން، 21، ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 10:30ގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ހައްޔަރުކުރީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ހިތަދޫ ގެއެއްގެ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓައި ކަމަށެވެ.