ޗާންދަނީ މަގުގައި ހުންނަ ބަމްބޫ ފިހާރަ ވެއްޓިފައި ވަނީ ހައިފިލް ކޮންސްޓްރަކުޝަންގެ އިހުމާލު ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.3 މިލިޔަން ރުފިޔާ ހައިފިލް އިން ބަމްބޫ އަށް ދެއްކުމަށް މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ޗާންދަނީ މަގުގެ 11 ނަމްބަރު ފިހާރަ، ބަމްބޫ ފިހާރަ ވެއްޓުނީ 13 ސެޕްޓެމްބަރު 2008 ގައެވެ. ބަމްބޫ ފިހާރަ ވެއްޓުނީ ޖެހިގެން ހުރި އިމަރާތެއް ތަޅަމުން ދަނިކޮށެވެ. އެ އިމާރާތް ތެޅުމުގެ މަސައްކަތް ކުރީ ހައިފިލް ކޮންސްޓްރަކްޝަނުންނެވެ.


މި މައްސަލައިގެ ޝަރީއަތުގައި މަދަނީ ކޯޓުން ބުނެފައި ވަނީ މައްސަލަ ބެލުމުން މި މައްސަލައިގައި ހައިފިލް ކޮންސްޓްރަކްޝަން އިހާލުވާ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ. އަދި ހައިފިލްގެ އިހުމާލުން ބަމްބޫއަށް ލިބުނު ގެއްލުމުގެ ބަދަލަށް 2343239.98ރ. ހައިފިލް އިން ބަމްބޫއަށް ދައްކަން ޖެހޭނެ ކަމަށާއި އެ ފައިސާ  ތިން މަސް ދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ވަރު، ބަމްބޫއަށް ދިނުމަށް މަދަނީ ކޯޓަށް ދައްކާ ހަލާސް ކުރަންޖެހޭނެ ކަމަށެވެ.