07 Oct 2012, 11:58
މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށްގެންބާއްވާ ގައުމީ ނުވަ ވަނަ ބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް 16 ކުޅުންތެރިން ކޮލިފައި ވެއްޖެ އެވެ.
މިމަހުގެ ދެ ވަނަ ދުވަހު ކުޅެން ފެށުނު ކޮލިފައިން ރައުންޑުގައި ޖުމްލަ 113 ކުޅުންތެރިން ވާދަކޮށް މުބާރާތައް ކޮލިފައިވި 16 ކުޅުންތެރިންގެ ތެރޭގައި ހުސްވި އަހަރުގެ މުބާރާތުގައި ވެސް ވާދަކުރި ބައެއް ކުޅުންތެރިން ހިމެނެ އެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަކުރުމަށް އަދި 16 ކުޅުންތެރިން ކޮލިފައިވި ނަމަވެސް، މުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރާނެ ކަމަށެވެ.
ގައުމީ ނައިން ބޯލް ޗެމްޕިއަންޝިޕް 2012 ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ތެރޭގަ އެވެ.