12 Oct 2026, 09:46
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.
ދިވެހި ފުލުހުން ވަނީ، އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރިއަށްގެންގޮސް ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފައިވާ ކަމަށް ބުނެފައެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދަނީ ހ. މާދޫގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެއީ ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބައެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ފެށި އެ އޮޕަރޭޝަނަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދާ ކަމުގެ މައުލޫމާތު ލިބިގެން، ކައުންޓާނާކޮޓިކްސްއާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން، މާލެ ތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ މީހުން ދެނެގަނެވި، މާދޫގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފުސީލް އަންނަނީ....