05 Oct 2012, 10:37
ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ނުކުމެ މީހުންގެ މުދަލަށް ގެއްލުން ދިން މައްސަލައަކާއި ގުޅިގެން ތުޙުމަތު ކުރެވޭ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.
މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފޮޓޯއާ މައުލޫމާތު އާންމުކޮށްފައިވަނީ ސ. ހިތަދޫ ނޫފަރު، މުޙައްމަދު އަމީން 21، އެވެ.
އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.
މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ އެމީހާއާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 3322111 ނުވަތަ 6888825 ނޫންނަމަ 9791612 އަދި 3392040 ގުޅައި އެމައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.