ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން މިއަދު ނިޔާވެއްޖެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އަޙުމަދު މަމްދޫހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެންބަރު ސައުސަން ނިޔާވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން، ސައުސަން ނިޔާވެފައިވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށްޓަކައި އިންޑިއާގައި ހުންނަވަނިކޮށް މިއަދު ފަތިހެވެ.

ޓްރައިބިއުނަލަށް ސައުސަން އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.