04 Oct 2012, 17:07
ހއ. ވަށަފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޢާލިބު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ވަށަފަރު ކައުންސިލް ރައީސް އަބުދުލްﷲ ޒާހިރު ވިދާޅުވީ މިއަދު މެންދުރު ޣާލިބު ކައުންސިލަރުކަމުން އިސްތިއުފާދެއްވާފައިވާކަމުގެ ސިޓީ ފޮނުވާފައި ވާ ކަމަށެވެ.
މަގާމުން އިސްތިފާދެއްވި ޑީއާރްޕީގެ މެންބަރު އަހުމަދު ޣާލިބު ވިދާޅުވީ އިސްތިއުފާދެއްވީ އަމިއްލަ ދިރިއުޅުން ހުރިގޮތުން ކައުންސިލަށް ވަގުތުދެވެން ދަތިވެގެން ކަމަށާއި ކައުންސިލަށް ވަގުތު ދެވޭނެ ބޭފުޅަކަށް އެފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާދިނީ މި ވަގުތު އަޅުގަނޑުގެ ދިރިއުޅުން ހުރިގޮތުން ކައުންސިލަށް އެއްބާރުލުން ދެވެން ނެތުމުން،" ޢާލިބު ވިދާޅުވި އެވެ.