04 Oct 2012, 15:50
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާކަން ސަން އޮންލައިނަށް ކަށަވަރު ވެއްޖެ އެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުން ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އިވާ ވިކްޓަރީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދޭނެ އެވެ.
މިކަމާ ގުޅިގެން ސަން އޮންލައިނުން، އީވާއަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އީވާ އިސްތިއުފާ ދެނީ ކޮންކޮން ސަބަބުތަކާ ހުރެ ކަމެއް ސަން އަށް ސާފު ވާގޮތެއް އަދި ނުވެ އެވެ.
ވިކްޓަރީގެ މެނޭޖްމަންޓު ލެވަލްގައި މަސައްކަތް ކުރާ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އީވާ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދޭން އުޅޭކަމުގެ ފެހި ސިގްނަލެއް އޭނަ އަށް ވެސް ލިބިފައިވާ ކަމަށާއި ހަމައެޔާ އެކު ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭ އީވާ އެމަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ވިކްޓަރީގެ ޗެއާޕާސަން ކަމާ އީވާ ހަވާލުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.