04 Oct 2012, 15:47
ޔޫއެފާ ޗެމްޕިއަންސް ލީގުގުގެ ރޭ ނެދަރލޭންޑްސްގެ އަޔަކްސް އެމްސްޓެޑަމްއާއި ދެކޮޅަށް ސްޕޭނުގެ ރެއާލް މެޑްރިޑް ކުޅުނު މެޗް 4-1 ލަނޑުން ރެއާލްއިން ކާމިޔާބުކޮށް، ގްރޫޕް ޑީގެ އެއް ވަނަ މަގާމް ރެއާލް ހޯދައިފި އެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ގްރޫޕްގައި ކުޅުނު ދެ މެޗުން ރެއާލްއަށް ވަނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފަ އެވެ.
އަޔަކްސްގެ އެމްސްޓެޑަމް ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލުންނެވެ. އެ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގެ ތެރޭގައި ރެއާލްއަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި ހެޓްރިކް ހެދި ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ރޭގެ މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓްގައި ރެއާލްގެ ދެ ވަނަ ލަނޑު ބެންޒީމާ ކާމިޔާބު ކޮށްދިން އިރު، އޭގެ އަށް މިނިޓް ފަހުން އަޔަކްސްއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލި އެވެ. އަޔަކްސްއިން ރޭ ރެއާލް ކޮޅަށްޖެހި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފިންލޭންޑުގެ ޑިފެންޑަރު ނިކޮލަސްއެވެ.
ދެ ޓީމްގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ރެއާލްއިން ޖެހި އެޓީމްގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 79 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިންއިރު، އޭނާ ހެޓްރިކް ހެދި ލަނޑު ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓުގައެވެ.