03 Oct 2012, 17:18
ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ މާކެޓް ޝެއާ 30 ޕަސެންޓަށް ވުރެ މައްޗަށް އަރައިފި އެވެ.
ވަތަނިއްޔާގެ ހެޑް އޮފް ޕްރޮޑަކްޓް އަރުޝަދު ޝާކިރު ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި މާކެޓް ޝެއާއަށް ފަސް ޕަސެންޓްގެ ކުރިއެރުމެއް ލިބިގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މާކެޓް ޝެއާއަށް ކުރިއެރުން ލިބިގެން ދިޔައީ ވަތަނިއްޔާގެ ޕުރޮޑަކްތައް ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހަދާފައިވުމާއި ކަސްޓަމަރުންގެ އިތުބާރު ލިބިގެން ދިއުމުން ކަމަށެވެ.
ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ވިދާޅުވީ މިއީ ވަތަނިއްޔާގެ ތާރީހުގައި ހާސިލް ވެގެންދިޔަ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއަދުގެ ރާއްޖޭގެ އާބާދީގެ ތިންބައިކޮޅު އެއްބަޔަކީ ވަތަނިއްޔާގެ ކަސްޓަމަރުން ކަމަށާއި "ލިވް އަންލިމިޓެޑް"ގެ ޕެކޭޖުތަކާ އެކު ވަތަނިއްޔާގެ ނަމްބަރުތަކަށް ހިލޭ ގުޅޭ މުވާސަލަތީ ހިދުމަތެއް ވަތަނިއްޔާގެ ކަސްޓަމަރުނަށް ފޯރުކޮށްދެއްވުމަކީ ވަތަނިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޕެކޭޖާ އެކު ރާއްޖޭގެ އާބަދީގެ ކޮންމެ ތިން މީހަކުން އެކަކަށް ހިލޭ ގުޅުއްވޭނެ، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް މީގެ ހަތް އަހަރު ކުރިން ވުޖޫދަށް އައުމާއެކު ލޯކަލް ކޯލްތަކުގެ އަގުތައްވަނީ ބޮޑުތަން ހެޔޮވެގެން ގޮސްފައި، ލިވް އަންލިމިޓެޑް އާއިއެކު ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ މަލަމަތި މިދަނީ ބަދަލުވަމުން" ޒަމްރާ ވިދާޅުވި އެވެ.
ވަތަނިއްޔާއިން ދަނީ ދަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް ތަފާތް އާ ހިދުމަތްތަށް ތައާރަފު ކުރަމުނެވެ. އެގޮތުން އެ ހިދުމަތް ތަކުގެ މަގުބޫލްކަން އިތުރުވެ ތަނަނިއްޔާގެ މާކެޓް ޝެއާ މިހާރު ވަނީ އިތުރުވެފައެވެ.