އިމާރާތްތަކުގައި ކަތުރުފަނި އެޅުން ހުއްޓުވައިދޭ އާ ދެ ޕްރޮޑަކްޓެއް ރާއްޖެއަށް މިއަދު ތަޢާރަފް ކޮށްފި އެވެ.

މި ދެ ޕްރޮޑްކްޓް ތައާރަފު ކުރީ ރާއްޖޭގެ އެގްރޯ ސާވިސަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަލަށް ތައާރަފު ކުރި ދެ ޕްރޮޑަކްޓަކީ އެކްސްޓްރާ ޓާމައިޓް ބޭޓިން ސިސްޓަމް އާއި ނެވިތޯ ޓާމެއިޓް ޕްރޮޓެކްޝަން ސިސްޓަމެވެ.

މި ދެ ޕްރޮޑަކްޓަކީ އެމެރިކާގެ އެންސިސްޓެކްސް ކުންފުނީގެ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓްތަކުގެ ސަރަހައްދީ ޕާޓްނަރަކީ ސްރީލަންކާގެ ހޭލީސް އެގްރިކަލްޗަރެވެ. ކުލުނުވެހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕެސްޓް ކޮންޓްރޯލްގެ މި ދެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފު ކޮށްދެއްވީ އެގްރޯ ސާވިސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަމްދޫނެވެ.

ހަމްދޫން މިއަދު ވިދާޅުވީ އަލަށް ތައާރަފު ކުރި ދެ ޕްރޮޑަކްޓްގެ ތެރެއިން އެކްސްޓްރާ ޓާމައިޓް ސިސްޓަމަކީ އިމާރާތްތަކުގައި ކަތުރުފަނި އެޅުމުން ބޭނުން ކުރާ އެއްޗެއް ކަމަށާއި އަނެއް ޕްރޮޑަކްޓަކީ އިމާރާތްތައް އަލަށް ހަދާއިރު ނުވަތަ އިމާރާތުގެ ބައެއް ހަދާއިރު ކަތުރުފަނިން މުޅި އިމާރާތް ހިމާޔަތް ކުރުމަށް ބޭނުން ކުރާ އެއްޗެއް ކަމަށެވެ. މި ދެ ޕްރޮޑްކްޓްގެ އެހީގައި އިމާރާތުގައި އަޅާ ފަނިފަކްސާ އާއި ކަތުރު ފަނި ފަދަ ތަކެތިން ސަލާމަތްވެ، އެތަކެތިން އިންސާނުން ރައްކާތެރި ވުމަށް އެހީވެދޭނެ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

އާ ދެ ޕްރޮޑަކްޓް ތައާރަފު ކުރުމަށް މިއަދު ވަނީ ސެމިނާއެއް ވެސް ބާއްވާފަ އެވެ. ސެމިނާގާގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ 49 ފަރާތެއް ބައިވެރިވި އިރު އޭގެ ތެރޭގައި ހައުސިން ޑިވަލޮޕް މެންޓް ކޯޕްރޭޝާއި ފިޝަރީޒް މިނިސްޓްރީ އާއި ކޮމިއުނިޓީ ހެލްތް ސާވިސަސް އާއި ޕްރެޑައިސް އައިލެންޑް ރިސޯޓް ހިމެނެ އެވެ.