03 Oct 2012, 12:31
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ބެނިފިކާ އަތުން 2-0 ލަނޑުން މޮޅުވެ ގްރޫޕް ޖީގެ އެއް ވަނަ މަގާމް ސުޕެއިންގެ ބާސެލޯނާއިން ދަމަހައްޓައިފި އެވެ.
ގްރޫޕްގެ އެއް ވަނާގައި ބާސާއޮތީ ހަ ޕޮއިންޓާ އެކު އެވެ. އަދި މެޗުން ބަލިވި ބެނިފިކާ އޮތީ އެއް ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ބާސާއަށް މެޗުގެ ހަ ވަނަ މިނެޓުގައި ލީޑް ނަގައި ދިނީ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. އަދި ރޭގެ މެޗުގައި ބާސާ އިން ބެނިފިކާ ކޮޅަށް ޖެހި އެ ޓީމްގެ ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސް އެވެ.
ގްރޫޕް ޖީގައި ރޭ ކުޅުނު ދެ ވަނަ މެޗް ސްކޮޓްލެންޑުގެ ސެލްޓިކުން ވަނީ ރަޝިއާގެ ސްޕާޓަކް މޮސްކޯ އަތުން 3- 2 އިން މޮޅުވެފަ އެވެ. މިމޮޅާ އެކު ސެލްޓިކުން އޮތީ ގްރޫޕްގެ ދެ ވަނާގައި ހަތަރު ޕޮއިންޓާ އެކު އެވެ. އަދި މެޗުން ބަލިވި މޮސްކޯ އޮތީ ގްރޫޕްގެ އެންމެ ފުލުގަ އެވެ.
ޗެމްޕއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ގްރޫޕް އީގައި ނޯޑިސް އަތުން 4-0 ލަނޑުން ޗެލްސީ މޮޅުވި އިރު، މި ގްރޫޕްގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި ޗުވެންޓާސް ވަނީ ސަކަތްރާ އާއި ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރު ވެފަ އެވެ.
ގްރޫޕް އެފްގައި ބެލާރޫސްގެ ބޭޓް ބޮރިސޯވް އަތުން ޖަރުމަނުގެ ބަޔާން މިއުނިކް 3- 1 އިން ރަށުން ބޭރުގައި ރޭ ވަނީ ބަލިވި އިރު، މި ގްރޫޕްގެ ވަނަ މެޗުގައި ފްރާންސްގެ ލިލް އަތުން ސްޕެއިނުގެ ވެލެންސިއާ ވަނީ 2- 0 އިން މޮޅުވެފަ އެވެ. އަދި މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބޭޓް އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ވެލެންސިއާ އެވެ. ބަޔާނަށް ވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ލިލް އަށް ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް އޭގައި ރޭ ސީއެފްއާރު އަތުން ކްލިޖް އަތުން މެންޗެސްޓާ ޔުނައިޓެޑް 2-1 ލަނޑުން މޮޅުވި އިރު، ޔުނައިޓެޑް ވަނި ގްރޫޕްގެ އެއް ވަނަ މަގާމް ވެސް ހޯދައިފަ އެވެ. އެގޮތުން ގްރޫޕްގެ އެއްވަނާގައި ޔުނައިޓެޑް އޮތީ ހަ ޕޮއިންޓާއެކު އެވެ. މިގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗް ގަލަޓަސަރޭ އަތުން ބާގާ މޮޅުވީ 2-0 ލަނޑުންނެވެ. އަދި ރޭގެ މޮޅާ އެކު ބާގާ އޮތީ ގްރޫޕްގެ ތިން ވަނާގައި ތިން ޕޮއިންޓާ އެކު އެވެ.