03 Oct 2012, 11:45
ބަނގުރާ ފުޅިތަކަކާއި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުތަކަކާ އެކު ނޭޕާލް ދެ މީހަކު ކ. ހިންމަފުށިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ މީހެއް ކަމަށެވެ.
އަދި ރޭ ދަންވަރު އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔަ ފުލުހުންނަށް އެ ރަށު ރިހާކުރު ފެކްޓްރީ ކައިރިން އެ ދެ މީހުން ހުސްގަޔާ ހިނގާފައި ދަނިކޮށް މަޑުނުކޮށް ފުލުހުންނަށް ފިލަން ދުވުމުން ކަމަށެވެ.
އަދި އެ ދެ މީހުން ހައްޔަރުކުރި އިރު ދެ މީހުން ގައިން ކޯލާވާޓަރު ވަސް ދުވާތީ އެ ދެ މީހުން ދިރިއުޅޭގެ ބަލައި
ފާސްކުރި އިރު ބަނގުރާކައްކަން ބޭނުންކުރާ އެއްޗެއް އަޅާފައި ހުރި ފަސް ލީޓަރުގެ ދެ ފުޅިއާއި ކުޑަ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.