09 Sep 2010, 05:35
ބަނގުރަލުގެ މައްސަލައަކާ ތުހުމަތުކޮށް ޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް މުޙައްމަދު އައްބާސް ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ސަންއެފްއެމަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލާ ގުޅިގެން އައްބާސްގެ އިތުރުން ދެ މީހަކުވެސް ވަނީ އިއްޔެ އިއްރު އޮއްސުނުއިރު ފުލުހުން ހައްޔަރު ކޮށްފަ އެވެ. އެއީ ހުސެން މުހައްމަދާއި މުހައްމަދު މާލިކު ނަމަކަށް ކިޔާ ދެމީހުން ކަމަށްވެ އެވެ. ނަމަވެސް، ހައްޔަރުކުރި މީހުންނާއި އަދި އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ނުދެ އެވެ.
ސަންއެފްއެމް އޮންލައިނަށް އެނގިފައިފާ އެ ތިން މީހުން ހައްޔަރު ކުރީ، ވެލިދޫ ކައިރީ އޮންނަ ރިސޯޓަކުން މިނަރަލް ވޯޓާ ހުސްކުރި ފުޅިއަކަށް ބަނގުރާ އަޅައިގެން ވެލިދު އަށް އެތެރެ ކުރަން އުޅެނިކޮށެވެ.