02 Oct 2012, 15:56
ރެފްރީ އަހުމަދު އަމީޒާއި އަހުމަދު އަސްލަމް ސުޒުކީ ކަޕަށް އޭއެފްސީން ނަގައިފި އެވެ.
ރެފްރީޒް ޑިއިރެކްޓަރު އާމިރު ޝަރަފުއްދީން ވިދާޅުވީ މި ދެ ރެފްރީން ފުރަތަމަ ދާނީ މިޔަންމާގައި އަންނަ ހުކުރު ދުވަހު ފަށާ ކޮލިފައިން އަށް ކަމަށެވެ.
ކޮލިފައިންގައި ވާދަ ކުރާނީ ލާއޯސް އާއި މިޔަންމާ އަދި ބުރޫނާއީ އާއި އިސްޓީމޯރު އަދި ކެމްބޯޑިއާ އެވެ. މި ދެ ރެފްރީންގެ އިތުރުން ކޮލިފައިން އަށް ދެން ނަގާފައިވަނީ އިތުރު ތިން ރެފްރީއެކެވެ.
ކޮލިފައިން އަށް ފަހު ސުޒުކީ ކަޕް މެލޭޝިޔާގައި ފަށާނީ މި މަހުގެ 24ގަ އެވެ.
އަމީޒަކީ ތަޖުރިބާކާރު ފީފާގެ އެސިސްޓެންޓް ރެފްރީއެކެވެ. އަސްލަމަކީ ހުސްވި އަހަރު ފީފާ ބެޖް ލިބުނު ރެފްރީއެކެވެ. މި ދެ ރެފްރީންނަކީ ވެސް ރެފްރީންގެ ގޮތުގައި ގިން މެޗުތަކެއް ފުރިހަމަކޮށްފައިވާ ރޮނގު ބެލެހެއްޓުމަށް ވެސް ވަރަށް ފަރިތަ ރެފްރީންނެވެ.