ސްރީލަންކާގައި ބޭއްވި އެކްސަސައިޒް "ކޯމޮރަންޓް ސްޓްރައިކް-3"ގައި ދިވެހި ސިފައިންގެ ސްޕެޝަލް ފޯސަސް ބައިވެރިވެއްޖެ އެވެ.

ސްރީލަންކާގެ ޓްރިންކޮމަލީގައި މިދިޔަ މަހުގެ 8 އިން 27ގެ ނިޔަލަށް ބޭއްވި މި އެކްސަސައިޒަކީ ގައުމުތަކުގެ އަސްކަރިއްޔާގައި ހިމެނޭ ސްޕެޝަލް ފޯސަސްތަކާ ގުޅިގެން މަސައްކަތް ކުރާނެ ތަމްރީންތައް ހޯދުމަށް ބޭއްވި އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގައި ރެސްކިއު އޮޕަރޭޝަންތަކާއި ސަވައިލަންސް އޮޕަރޭޝަންސްތަކާއި ޖޮއިންޓް އެމްޕިބިއަސް އޮޕަރޭޝަންތަކުގެ އިތުރުން ދިމާވެދާނެ ޓެރަރިޒަމް ހަމަލާއަކުން ރައްކާތެރިވާނެ ގޮތުގެ ތަމްރީންތައް ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއެކްސަސައިޒްގައި ރާއްޖޭގެ އިތުރުން ޗައިނާ ޕާކިސްތާން ބަންގްލަޑޭޝް އިންޑިއާ އަދި ސްރީލަންކާގެ އާމީ، ނޭވީ، އަދި އެއާފޯސަސްގެ ސްޕެޝަލް ފޯސަސް ބައިވެރިވެފައިވެ އެވެ.

މިއީ މި އެކްސަސައިޒް ބޭއްވުނު ތިން ވަނަ ފަހަރު ނަމަވެސް ރާއްޖޭގެ ސްޕެޝަލް ފޯސަސް ބައިވެރިވި ފުރަތަމަ ފަހަރެވެ.