ދޯންޏެއް އަޑިއަށް ގޮސް ލޯންޗެއްގެ އިންޖީނު ހުއްޓިފައި ވަނިކޮށް އެމްއެންޑީއެފުން މިއަދު ސަލާމަތްކޮށްފި އެވެ.


އެމްއެމްޑީއެފުން ބުނީ ލ. ގަމު ހޮސްޕިޓަލު ލޯންޗްގެ އިންޖީނު ހުއްޓުނީ މިއަދު ހަވިރު މާލެ އަތޮޅު ގުރައިދުއާ ހަތަރު މޭލު ބޭރުން ކަމަށާއި ލޯންޗުގައި ތިބި މީހުނަށް އެހީތެރިވުމަށްޓަކައި މާލެ އަތޮޅު ކަނޑޫމާ ރިސޯޓާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ.


ކަނޑުމަތީގެ ދެވަނަ ހާދިސާއެއްގަ މިއަދު ވަނީ ފ. ފީއަލީން އދ. މާމިގިއްޔަށް ދަތުރުކުރި ދޯންޏެއްވެސް އަޑިއަށް ގޮސްފަ އެވެ. ކަންނެލި މަސްވެރިކަން ކުރާ ދޯނި އަޑިޔަށް ދިޔައީ މިއަދު މެންދުރު ފަހު ދޭއް ޖަހާ އެހާކަންހާ އިރު އެވެ.  ދޯނީގައި ތިބި ދެ  ދިވެހިންނާއި ބިދޭސީއަކު ވަނީ ދޯނި އަޑިއަށް ދާން ފެށުމުން ޑިންގީއަކަށް އަރައިފަ އެވެ. ދޯނި މާމިގިއްޔަށް ދަތުރުކުރީ އެހެލުމަށެވެ.