ޔަމާލްގެ ދެ ލަނޑާއެކު ބާސެލޯނާ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ޔަމާލްގެ ދެ ލަނޑާއެކު ބާސެލޯނާ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލަލީގާގައ ލެވާންޓޭ ބަލިކޮށްއެފްސީ ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޔަމާލްގެ ދެ ލަނޑާއެކު ބާސެލޯނާ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ޔަމާލްގެ ދެ ލަނޑާއެކު ބާސެލޯނާ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާ ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު އެވެ. އެ ޓީމުން ވަނީ މި ފަސް މެޗުގައި އިދިކޮޅު ޓީމުތަކުގެ ކޮޅަށް 21 ލަނޑު ޖަހާފައެވެ. އަދި ބާސެލޯނާގެ ބައިކޮޅަށް ވަދެފައިވަނީ އެންމެ 4 ލަނޑެވެ.

ތާވަލުގެ ދެވަނައިގައި އޮތީ ބާސެލޯނާއަށްވުރެ ތިން ޕޮއިންޓް ފަހަތުން، ފަސް މެޗުން 12 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 5 މެޗުން ލިބިފައިވަނީ 10 ޕޮއިންޓްއެވެ.

ބާސެލޯނާ އަތުން ބަލިވި ލެވާންޓޭ މިހާރު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗު އެއްވަރުވެ، އަދި ދެ މެޗުން ވަނީ ބަލިވެފައެވެ. ލެވާންޓޭއަށް ލިބިފައިވަނީ ޖުމްލަ 5 ޕޮއިންޓްއެވެ.

ސްޕެނިޝް ލީގުގައި ލެވާންޓޭއާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން--

މެޗު ބާސެލޯނާ އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ އެންމެ ފަސްވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ޒަވީ އެސްޕާޓް ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހައި ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ލެވާންޓޭގެ އޭރިއާ ތެރެއިން ޔަމާލްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށް، ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ލެވާންޓޭ އިން ހިތްވަރު އެލުވައެއް ނުލައެވެ. މެޗުގެ 78 ވަނަ މިނެޓުގައި އިވާން ރޮމޭރޯ ލަނޑެއް ޖެހިއިރު، 87 ވަނަ މިނެޓުގައި ރޮޖާ ބުރުގޭ ޖެހި ލަނޑާއެކު ލެވާންޓޭ އިން ނަތީޖާގެ ފަރަގު 3-2 އަށް ކުޑަކުރިއެވެ.

ސްޕެނިޝް ލީގުގައި ލެވާންޓޭއާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން--

ލެވާންޓޭ އިން މެޗު އެއްވަރުކުރުމަށް ކުރަމުންދިޔަ އުންމީދުތައް ފުނޑުފުނޑުވީ މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ކަރީމް އަޑެޔެމީ ބާރު ހަމަލާއަކުން ޖެހި ރީތި ލަނޑާއެކުގައެވެ.

ލީގުގައި ބާސެލޯނާ ދެން މެޗެއް ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަމިއްލަ ދަނޑުގައި އެ ޓީމުނުކުންނާނީ ރޭސިން ސަންޓަންޑާ އާ ދެކޮޅަށެވެ.އޭގެ ފަހުން ސެޕްޓެމްބަރު 20 ވަނަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ސެވިއްޔާ އާ ދެކޮޅަށެވެ.