ބައެއް ގާނޫނުތަކާއި ގާނޫނުތަކުގެ މާއްދާތައް އުވާލުމަކީ ދައުލަތުގެ މުއައްސަސާތައް ހިންގަން ބުރޫއަރަިފާނެ ކަމަކަށްވާތީ "ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފި އެވެ.


ރައްޔިތުންތުންގެ މަޖިލީހުން އެ ބިލު ފާސް ކުރީ މިދިޔަ މަހު ގެ 24 ވަނަ ދުވަހު އެވެ.


ބިލު އަނބުރާ ފޮނުވައިލައްވަމުން ރައީސް ނަޝީދު، މަޖިލީސްގެ ރައީސް އަބްދުﷲ ޝާހިދަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ.


އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މި ބިލަށް އެޓާނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވި ކަމަށާއި  މިބިލުގައި ހުށަހަޅާފައިވާ ގޮތަށް ބައެއް ޤާނޫނުތަކުގެ މާއްދާތައް އުވާލުމަކީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ހިންގުމަށް ބުރޫއަރައި ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށާއި ޢަދުލުއިންޞާފުގެ ނިޒާމަށް ބުރޫއަރައިފާނެ ކަމެއް ކަމަށެވެ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ދައުލަތުގެ މުހިންމު ބައެއް މުއައްސަސާތަކުގެ މަސައްކަތްތަކަށް މި ބިލުގެ ސަބަބުން ދަތިވެދާނެ ކަމެއް ކަމަށް ވެސް ރައީސްގެ ސިޓީފުޅުގައި ވެއެވެ.


އަދި ވިދާޅުވެފައި ވަނީ އެ ބިލުގައި ހުށަހަޅާފައިވާ ގޮތަށް ބިލުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ އެންމެހައި ޤާނޫނުތަކާއި ޤާނޫނުތަކުގެ މާއްދާތައް މިހިނދުން މިހިނދަށް އުވިގެންދިޔުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިނުގަންނަވާކަމަށް އެޓާނީ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށެވެ.