ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އުވާލަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފައިވާ ގޮތް އޮޑިޓް ރިޕޯޓުން ފެންނަން އެބައޮތް ކަމަށެވެ. އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވެން ނެތް ކަމަށް ފަންނީ ބޭފުޅުންގެ ލަފާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ގިނަ މަޝްވަރާތަކަކަށް ފަހު ސަރުކާރުން މިހާރު ނިންމަވާފައިވަނީ ފެނަކަ އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މުޅި ރާއްޖޭގައި ޚިދުމަތްދޭނީ ސްޓެލްކޯއިން މި މަސައްކަތް ނިމުނީމައި. އެހެންކަމުން ފެނަކައިން ކުރަމުންދާ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް ބަދަލު ކުރެވި ފެނަކަ އެއްކޮށް އުވާލެވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެ ކުންފުނީގެ މަސައްކަތްތައް ގެންދަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ---