30 Sep 2012, 16:32
ގއ. ކަނޑުހުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ކަނޑުހުޅުދޫ ކައުންސިލު ބައި އިލެކްޝަން އިއުލާން ކުރުމަށް ފަހު އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
އެކޮމިޝަނުން ބުނީ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ކަނޑުހުޅުދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި މި ވަނީ އެ ކައުންސިލްގައި ކުރިން ހުންނެވި ޑީއާރުޕީ މެންބަރު ޒުބައިރު ފާރޫގު ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވުންނެވެ.
ހަތަރު ބައި އިލެކްޝަނެއް އަންނަ މަހު 29ގައި ވެސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.