30 Sep 2012, 15:10
މި އަހަރު ރާއްޖެއިން ހައްޖަށްދާ 1000 މީހުންގެ ތެރެއިން 301 މީހުން މިއަދު މާލެ އިން ފުރައިފި އެވެ.
ހައްޖަށް ދާން މިއަދު މާލެއިން ފުރާފައި ވަނީ ތިން ޖަމާއަތެއްގައި ހައްޖަށްދާ މީހުންނެވެ. އެއީ ކްލެސިކް ގުރޫޕާއި އަލްހައިރު ހައްޖު ގުރޫޕާއެކު ދަތުރު ކުރާ 246 މީހަކާއި އަލްމަނާސިކް ހައްޖު ގުރޫޕްގެ 55 މީހެކެވެ.
ގަތަރު އެއާލައިނުން އަލްމަނާސިކް ގްރޫޕްގެ ހަވާލުގައި ހައްޖަށްދާ މީހުން މިއަދު ހެނދުނު ރާއްޖެއިން ފުރާފައިވާއިރު ކްލެސިކް ގުރޫޕާއި އަލްހައިރު ގުރޫޕްގެ ހަވާލުގައި ހައްޖާދާ މީހުން ދުބާއީ އަރަބިއަން އެއާލައިން ގައި މާލެއިން ފުރީ މެންދުރު ފަހު އެވެ.
މިއަހަރު ރާއްޖެއިން ހައްޖާދަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ. އެދުވަހު 56 ހައްޖާޖީއަކު ރާއްޖެއިން ފުރާފައިވާއިރު މިހާރު ރާއްޖެއިން 356 ހައްޖާޖީއަކު ވަނީ ފުރާފަ އެވެ.
އަތަމާ ހައްޖު ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 28 މީހަކު މަދާމާ ފުރަން ވަނީ ހަމަ ޖެހިފަ އެވެ.
ރާއްޖެ އިން 1000 މީހުން މިއަހަރު ހައްޖަށް ދިއުމަށް ހަމަ ޖެހިފައިވާ އިރު ހައްޖަށް މީހުން ގެންދިއުމަށް ހަ ޖަމާއަތަކަށް ސަރުކާރުން ކޯޓާ ދޫކޮށްފައިވެ އެވެ.