08 Sep 2010, 11:15
އިންތިހާބަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު އުޅުއްވި ކަމަށް ބުނެ އިކެލްޝަންސް ކޮމިޝަނުން ހުށަހެޅުމުން އެ މައްސަލަ ޝަރީއަތަށް ނުފޮނުއްވެވުމަކީ ޕޮރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ކުރައްވާފައިވާ ހިޔާނާތުގެ އަމަލެއް ނޫން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އެންޓި ކޮރަޕްޝަނުން ބުނީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގ. ކެނެރީގޭ މުހައްމަދު ނަޝީދު އިންތިހާބުގެ ގާނޫނާ ހިލާފަށް ވޯޓްލާ ސަރަހައްދަށް ވަދެ ނުފޫޒު ފޯރުވަން މަސައްކަތްކުރިކަން ސާބިތުވާ ހެއްކާއި ވީޑިއޯ އިލެކްޝަނުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅައި ދަވާ ކޮށްދިނުމަށް އެދިފފައިވާ ކަމަށެވެ.
ނަމަވެސް ޕީޖީ އަހުމަދު މުއިއްޒު އެ ދައުވާ ކުރިޔަށް ނުގެންދެވުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަކަށް އިލެކްޝަން ކޮމިޝަނުން ހުށަހެޅި މައްސަލަ ބެލިއިރު މުއިއްޒު އެކަން ކުރައްވައި ވަނީ ކޮރަޕްޝަނަށް ފެތޭ ގޮތަށް ނޫން ކަމަށެވެ. އޭސީސީން ބުނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެއްވި މައްސަލައަކީ ޕްރޮސެކިއުޓ ޖެނެރަލްގެ ގާނޫނުގެ 12 ވަނަ މާއްދާ ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާ ހިލާފަށް އަދި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާއާ ހިލާފަށް ކޯށްފައިވާ ކަމެއް ނޫން ކަމަށެވެ.