ޕްރިމިއާ ލީގުގެ ކުލަބުތަކުން 3.46 ބިލިއަން ޕައުންޑް ހަރަދުކޮށް ޓްރާންސްފާގެ އައު ރިކޯޑެއް
ޕްރިމިއާ ލީގުގެ ކުލަބުތަކުން 3.46 ބިލިއަން ޕައުންޑް ހަރަދުކޮށް ޓްރާންސްފާގެ އައު ރިކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޖުމްލަ 3.46 ބިލިއަން ޕައުންޑު ޚަރަދުކޮށް، ޖެހިޖެހިގެން ދެވަނަ ސީޒަނެއްގައި ޚަރަދުކުރުމުގެ އައު ރިކޯޑެއް ގާއިމުކޮށްފިއެވެ.

ޓްރާންސްފާ ބާޒާރު ބަންދުވިއިރު، މުޅި ވިޔަފާރީގެ 38 އިންސައްތަ ހިއްސާކުރަނީ ލީގުގެ އެތެރޭގައި ކުލަބުތަކުގެ މެދުގައި ހިންގި ބޮޑެތި މުއާމަލާތްތަކެވެ.

މި ފަހަރުގެ ބާޒާރުގައި އެންމެ ބޮޑު ހޭދައެއް ކުރީ އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން 458 މިލިޔަން ޕައުންޑު ހޭދަކުރި މެންޗެސްޓަރ ސިޓީއެވެ. ސިޓީން ވަނީ އިނގިރޭސި ރިކޯޑު އަގެއް ކަމަށްވާ 125 މިލިޔަން ޕައުންޑަށް ޗެލްސީގެ އެންޒޯ ފެނާންޑޭޒް ގެނައުމުގެ އިތުރުން، އެލިއަޓް އެންޑަސަން (116 މިލިއަން) އާއި އިލިމާން އެންޑިޔައި (65 މިލިއަން) ވެސް ސޮއިކުރުވާފައެވެ.

މިފަހަރު އަލަށް ގެނައި ބައެއް ކުޅުންތެރިން--

މީގެ އިތުރުން ޒަބީ އަލޮންސޯގެ ޗެލްސީން 349 މިލިޔަން ޕައުންޑު ޚަރަދުކޮށް މޯގަން ރޮޖާސް (117 މިލިއަން) ސޮއިކުރުވިިއިރު، ޓޮޓްނަމުން ވަނީ 303 މިލިއަން ޕައުންޑުގެ ހޭދައަކާއެކު އެ ކުލަބުގެ ރިކޯޑު އަގު ކަމަށްވާ 100 މިލިއަން ޕައުންޑަށް ސަންޑްރޯ ޓޮނާލީ ގެނެސްފައެވެ.

އަގުބޮޑު އައު މުއާމަލާތްތަކުގެ ތެރޭގައި ލިވަޕޫލުން 107 މިލިއަން ޕައުންޑަށް ސޮއިކުރުވި ބްރެޑްލީ ބާކޯލާ ހިމެނޭއިރު، ލީގަށް އަލަށް ޕްރޮމޯޓުވި ކުލަބުތަކުންވެސް ވަނީ ގުޅިގެން 400 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ. ނަމަވެސް، ފަހު ވަގުތު ފަލޮރިން ބަލޮގަން އާއި ލަމީން ކަމާރާގެ ބައެއް މުހިންމު ޑީލްތައް ވަނީ ނާކާމިޔާބުވެފައެވެ.