ރިސޯޓް ލީގު 2026 ސައުތު މާލޭ މާލެ ޒޯންގެ ފައިނަލަށް ސަން ސިޔާމް އޮޅުވެލި އަދި ހާޑް ރޮކް ހޮޓެލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 3 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ. މެޗު ކުރިއަށްދާނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ސަން ސިޔާމް އޮޅުވެލީގައެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާއިރު ހާޑް ރޮކް ހޮޓެލް ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި ޒޯނުގެ ގްރޫޕް ބީގެ އެއްވަނަ ހޯދާފައެވެ. ބޮޑު މޮޅަކާއެކު ކުއާޓާގެ މެޗު ކާމިޔާބުކޮށް ސައުތު މާލޭ ޒޯނުގެ ސެމީ ފައިނަލުގެ މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ އޮޒެން ލައިފް މާދޫ ބަލިކޮށްގެންނެވެ.

އަނެއްކޮޅުން، ސަން ސިޔާމް އޮޅުވެލިން ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި އެ ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ.

ނަމަވެސް ޕްލޭއޮފް ބުރުގައި ވާދަކޮށް ކުއާޓާ ފައިނަލަށް އެ ޓީމު ކޮލިފައިވިއެވެ.. އޮޅުވެލިން ވަނީ ކާމިޔާބުކަމާއެކު ޕްލޭއޮފް ބުރު ގިރާކޮށް، ކުއާޓާ ފައިނަލްގައި އޯޒެން ރިޒާވް ބޮލިފުށި އަދި ސެމީ ފައިނަލްގައި ޖޭޑަބްލިއު މޭރިއަޓް ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

ސަން ސިޔާމް އޮޅުވެއްޔަކީ މީގެ ކުރިންވެސް މި ޒޯންގެ ފައިނަލްގައި ވާދަކޮށްފައިވާ ޓީމެކެވެ. އެގޮތުން 2024 ވަނަ އަހަރު ދެކުނު މާލެ ޒޯންގެ ޗެމްޕިއަންކަން އެޓީމުން ހޯދާފައިވާއިރު، 2016 ވަނަ އަހަރުގެ ފައިނަލްގައި ބޮލިފުށި އަތުން 3-2 އިން ވަނީ ނާކާމިޔާބުވެފައެވެ.