ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ސާކްގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ނަންރީތި އަހުމަދު ސަލީމު ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

އެޗުއާރުސީއެމުން ބުނީ ބުރާސްފަތި ދުވަހު އެ ކޮމިޝަނުގައި އޮތް ބައްދަލު ކުރެއްވުމުގައި، 2010 ވަނަ އަހަރު ބޫޓާނުގައި އޮތް ސާކް ސަމިޓުގެ ވެރިން ނިންމާފައިވާ، ޑިމޮކްރަސީ ޗާޓަރާ ގުޅޭ ގޮތުންނާއި ސާކްގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އިންސާނީ ހައްގާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ސަރަހައްދީ މަދަނީ ޖަމިއްޔާތައް ގުޅިގެން އިންސާނީ ހައްގާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް އެ ބައްދަލު ކުރުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް އެޗުއާރުސީއެމުން ބުންޏެވެ.