ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި ފުލައިޓެއްގެ ތެރޭގައި އިން މީހަކު، އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި އިން މީހަކު އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް، ނުވަތަ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.