29 Sep 2012, 22:14
ފިޝަރީޒް މިނިސްޓަރު، އަހްމަދު ޝަފީއު ގެ ކާރުކޮޅަށް ގެއްލުންދިނުމަށް ފަހު ފިލަން މަސައްކަތްކުރި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 18 އަހަރުގެ ދެ މީހެކެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 3:30 އެހާކަންހާއިރު މިނިސްޓަރުގެ ކާރުކޮޅަށް ގެއްލުން ދީފައިވަނީ އާސަހަރާ ކައިރީގައި ކާރުޕާކުކޮށްފައި އޮއްވާ ސައިކަލެއްގައި ދިޔަ ދެމީހުން ކަމަށެވެ. އަދި ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ ކާރަށް ގެއްލުންދިންތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ.
މި މައްސަލަ ފުލުހުންގެ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުން ގެންދާކަމަށް ފުލުހުން ބުންޏެވެ.