29 Sep 2012, 18:59
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި ދައުވާކޮށް ދިނުމަށް އޭސީސީ އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އަލީ އަހްމަދު ވެސް މަޤާމުން ވަކިކޮށްފި ކަމަށް ލިޔެވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު އެ ގޮތަށް ވިދާޅުވުމުން ނެވެ. ނަމަވެސް ފަހުން މަސްއޫދު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކި ނުކުރާ ކަމަށެވެ. އަދި ވަކި ކުރީ މިފްކޯގެ އެމްޑީ ކަމަށެވެ.
ނަމަވެސް އޭސީސީ އިން ބުރާސްފަތި ދުވަހުގެ ތާރީހުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެލިވަރުގެ ޗެއާމަންގެ ނަމުގައި އޮންނަ ނުއުފަންނަ ކުންފުންޏަކަށް 1.5 މިލިއަން ރުފިޔާގެ މަސް ދަޅު ކްރެޑިޓަށް ދޫކުރުމުގައި އަލީ އަހުމަދު ބައިވެރިވެފައިވާ ކަމަށާއި އެހެން ކަމާ އެކު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ވެސް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.
މި ކުށަށް ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.