26 Aug 2026, 22:20
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަބްދުﷲ ޔާސިރު އައްޔަނުކުރައްވައިފިއެވެ.
މިއީ މި ސަރުކާރުން ވިޒިޓް މޯލްޑިވްސްއަށް އައްޔަނުކުރެއްވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.
ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ކުންފުނި ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމު މި ފަހުން ހުސްވީ، އެ މަގާމުގައި ކުރިން ހުރި މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ވަނީ އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައިވާކަން ވަނީ އެނގިފައެވެ.
އޭނާއަކީ މި ސަރުކާރުން މި މަގާމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ.