ކުރީގެ އެމްއީއެސް، މިހާރުގެ މަންދު ކޮލެޖު ކުރިމަތީގައި ހުރި އެޑިޔޭޝަން މިނިސްޓްރީގެ ގުދަނެއްގައި ރޯވެ، އެތާ ހުރި ކަރުދާސްތަކެއް އަނދައިފި އެވެ.


ފަޅުމަތީމަގުން މަންދު ކޮލެޖާ ވީ ކަންމަތީގައި ހުރި އެޑިޔޭޝަން މިނިސްޓްރީގެ ބާ ސާމާނު ރައްކާކުރާ ގުދަނުގައި މެންދުރުންއެނބުރި ތަނާހެން ރޯވިއަލިފާން، އެތަނާ އެއް އިންވެގެން ހުރި އެ މިނިސްޓްރީގެ ޑެސްކްތަކެއް ހުރި ގުދަނާ ހަމައަށް ފޯރުމުގެ ކުރިން އެމްއެންޑީއެފްގެ އަލިފާން ނިއްވާ ޓީމުން ވަނީ އަލިފާން ކޮންޓްރޯލްކޮށްފަ އެވެ.


އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.


އެޅިގަލުން ރާނައި ދެ ފަރާތުގައި ސިންމެތި ޖަހާފައި ހުރި ގުދަނުގެ ތެރެށް ވަދެފައި ވަނީ ދެކުނު ފަރާތު ފާރުން ތިން ފޫޓް ދޮޅު ފޫޓްވަރުގެ ބާގަނޑެއް ހަދައިގެނެވެ.


----------


ކުރީގެ އެމްއީއެސް، މިހާރުގެ މަންދު ކޮލެޖު ކުރިމަތީގައި ހުރި އެޑިޔޭޝަން މިނިސްޓްރީގެ ގުދަނެއްގައި ރޯވެއްޖެ އެވެ. (ތަފުސީލު އަންނަނީ)