މިރޭ ޖަމާލުއްދީނު ސްކޫލް ކައިރިން ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. 


ފުލުހުން ބުނީ ހަމަލާގައި ޒަހަމްވި ކުއްޖާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށެވެ.  ހަމަލާ ދިނީ މިރޭ 12:30 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.


މި ހަމަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން  ދެންމެ ބުންޏެވެ.