ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރެއިން މުންބާއީގެ ޓިކެޓް މާދަމާ ވިއްކަން ފަށާއިރު އިންޑިއާގެ، ޗެންނާއީ އާއި ބަންގްލަދޭސްގެ ޑާކާގެ ޓިކެޓް އަންނަ ހަފްތާތެރޭ ވިއްކަން ފަށާނެކަމަށް އައިލެންޑް އޭވިއޭޝަންއިން ބުނެފި އެވެ.

އެ އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަނުން، ބުނީ ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ ތިން ކުލާހަކުން ކަމަށާއި އެގޮތުން ބިޒްނަސް ކުލާހުން 14 ސީޓް ވިއްކުމަށް ނިންމާފައިވައިރު ޕްރީމިއަމް އިކޮނޮމީ ކުލާހުން 24 ސީޓް ވިއްކާއިރު އިކޮނޮމީ ކުލާހުން ވިއްކުމަށް ނިންމާފައިވަނީ 114 ސީޓެވެ.

އައިއޭއެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ އަގުތަށް ހަމަޖައްސާފައިވަނީ އެމަންޒިލްތަކަށް ދަތުރުކާރާ އެހެން އެއާލައިންތަކުގެ އަގުތަކަށް ބަލާ ވީހާވެސް ކޮންޕެޓިޓިވް ގޮތެއްގައި ކަމަށާއި އައިލެންޑް އޭވިއޭޝަނުން އެ މަންޒިލް ތަކަށްވެސް ކުރަމުންދާނީ ޑައިރެކްޓް ފުލައިޓް ތަކެއް ކަމަށެވެ.

"އަގު ބޮޑެއް ނުވާނެ 31 ޖެނުއަރީ 2013އާ ހަމައަށް، އަޅުގަނޑުމެން އެއަށް ފަހު ރިވިއުކުރާނީ، މިހާރު މިއަގުގައި އެ އިރަށް ޖެހެންދެން ހިފަހައްޓާނަން، އަޅުގަނޑުމެން އުންމީދުކުރަނީ ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް މިއީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް" ނަސާތު ވިދާޅުވި އެވެ.

އަގުތަކަށް ބަލާއިރު މުންބާއީ އެކޮނޮމީ ސީޓުން ދެކޮޅު ޓިކެޓް 499 ޑޮލަރު(7694.58ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 319 ޑޮލަރަށް (4318.98ރ) އަށެވެ. އަދި ޕްރީމިއަމް އިކޮނޮމީ ސީޓެއްގެ ދެކޮޅު ޓިކެޓް 517.95 ޑޮލަރު(7986.789ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 331.96 ޑޮލަރަށް(5118.8232ރ.) އަށެވެ. އަދި ބިޒްނަސް ކުލާސްގެ ދެކޮޅު ޓިކެޓް 783.50 ޑޮލަރަށް(120081.57ރ.) އަށް ވިއްކާއިރު އެސީޓުން އެއްކޮޅު ޓިކެޓް ވިއްކަނީ 461.50 ޑޮލަރަށް(7116.33ރ) އަށެވެ.

އަދި ޗެންނާއި އިކޮނޮމީ ސީޓުން ދެކޮޅު ޓިކެޓް 299 ޑޮލަރު(4610.58ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 115 ޑޮލަރަށް (1773.3ރ.) އަށެވެ. އަދި ޕްރީމިއަމް އިކޮނޮމީ ސީޓެއްގެ ދެކޮޅު ޓިކެޓް 319.19 ޑޮލަރު(4921.9ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 165.02 ޑޮލަރަށް(2544.6084ރ.) އަށެވެ. އަދި ބިޒުނަސް ކުލާސްގެ ދެކޮޅު ޓިކެޓް 333 ޑޮލަރަށް(5134.86ރ.) އަށް ވިއްކާއިރު އެސީޓުން އެއްކޮޅު ޓިކެޓް ވިއްކަނީ 211 ޑޮލަރަށް(3253.62ރ) އަށެވެ.

އަދި ޑާކާ ސިޓީގެ ޓިކެޓްގެ އަގުތަކަށް ބަލާއިރު އިކޮނޮމީ ސީޓުން ދެކޮޅު ޓިކެޓް 599 ޑޮލަރު(9236.58ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 299 ޑޮލަރަށް (4610.58ރ.) އަށެވެ. އަދި ޕުރީމިއަމް އިކޮނޮމީ ސީޓެއްގެ ދެކޮޅު ޓިކެޓް 623.04 ޑޮލަރު(9607.3ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 310.96 ޑޮލަރަށް(4795ރ.) އަށެވެ. އަދި ބިޒުނަސް ކުލާސްގެ ދެކޮޅު ޓިކެޓް 935.60 ޑޮލަރަށް(14426.952ރ.) އަށް ވިއްކާއިރު އެސީޓުން އެއްކޮޅު ޓިކެޓް ވިއްކަނީ 464.44 ޑޮލަރަށް(7161.7ރ) އަށެވެ.

އަދި ބުނީ މީގެތެރެއިން މުންބާއި އާއި ޗެންނާއީ އަދި ޑާކާއަށް ދަތުރުކުރާ ފުރަތަމަ ދެ ފުލައިޓް ވަރަށް ހާއްސަ ރޭޓެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ޗެންނާއީ ދެކޮޅު ޓިކެޓް 255 ޑޮލަރު(3932ރ.) އަށް ވިއްކާއިރު މުމްބާއީ ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައިވަނީ 355 ޑޮލަރަށް(5474ރ.) އަދި ޑާކާ 555 ޑޮލަރަށް(8558ރ.) އަށެވެ.

އެ މަންޒިލްތަކަށް ނޮވެމްބަރުމަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިލެންޑް އޭވިއޭޝަނުން އާމަންޒިލްތަކަށް ދަތުރުކުރަން ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަމަޖެހިފައިވާ އެއާބަސް އޭ 320 ގެ މަރުކާގެ ބޯޓެއްގަ އެވެ. އަދި އެބޯޓް ގެނައުމަށް ހަމަޖެހިފައިވަނީ މިފެށޭ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ. އެ ފްލައިޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒުނަސް ސީޓާއި 138 އިކޮނޮމީސީޓެވެ.